ބީއެމްއެލް ވީރަން"ގެ ތެރެއިން"

ކުންފުނިތަކާއި މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއި މަސައްކަތުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ވީރަން މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން އިންތިޒާމުކުރި ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް ރަން "ބީއެމްއެލް ވީރަން - ކޯޕަރޭޓްސް" ކްރޮސްރޯޑްސް މޯލްޑިވްސްގައި ވަނީ ކާމިޔާބުކަމާއެކު ބާއްވައިފައެވެ.

ކޮންމެ ބައިވެރިޔަކު އެއް ކިލޯމީޓަރު ދުވާ ގޮތަށް 5 ދުވުންތެރިންގެ މައްޗަށް އެކުލެވޭ ރިލޭ އުސޫލުން ކުރިއަށްދިޔަ މި ރޭހުގައި ޖުމްލަ 18 ޓީމަކުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެނުންގެ 11 ޓީމާއި އަންހެނުންގެ 7 ޓީމެވެ. މިއީ ރޭސް ނިންމުމަށް ހޭދަވާ ވަގުތު ބެލުމަށްޓަކައި ރިލޭ ބެޓަންގެ އެތެރޭގައި ޗިޕެއް ހިމަނައިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ހަރަކާތްވެސް މެއެވެ.

މި ދުވުމުގެ ފިރިހެން އަދި އަންހެން ބައިން ވަނަތައް ހޯދާފައިވާ ޓީމުތައް:

  • ފިރިހެނުންގެ ބައި: ޗެމްޕިއަންކަން ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ހޯދިއިރު، 1 ވަނަ ރަނަރއަޕްކަން ހޯދީ ރަންއިންމޯޑް އެތުލެޓިކްސްއެވެ. 2 ވަނަ ރަނަރއަޕްކަން ލިބުނީ ބޭންކް އޮފް މޯލްޑިވްސް އަށެވެ.

  • އަންހެނުންގެ ބައި: ޗެމްޕިއަންކަން ރަންއިންމޯޑް އެތުލެޓިކްސް ހޯދިއިރު، 1 ވަނަ ރަނަރއަޕްކަން ހޯދީ ކްރޮސްރޯޑްސް އައިލެންޑް ސްޕްރިންޓާސްއެވެ. 2 ވަނަ ރަނަރއަޕްކަން ލިބުނީ އޭޑީކޭ ސިނަރޖީ އަށެވެ.

ބީއެމްއެލްއިން އަންނަނީ މުޅި ރާއްޖޭގައި ކުޅިވަރުގެ ރޫހު ދިރުވައި އާލާކުރުމަށާއި، ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އިޖުތިމާއީ އަދި ކުޅިވަރުގެ ގިނަ ހަރަކާތްތަކަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް