މިފްކޯ މަސް ފިހާރަ

މިފްކޯގެ ރީޓެއިލް ވިޔަފާރި ފުޅާކޮށް ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން، އެ ކުންފުނީގެ މަސްފިހާރަތައް ހުކުރު ދުވަހުވެސް ހުޅުވާ ގޮތަށް ނިންމައި ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ވަނީ ގެނެސްފައެވެ. މިއަދުން ފެށިގެން މާލެ، ހުޅުމާލެ އަދި އައްޑޫގައި ހުންނަ މިފްކޯ މަސްފިހާރަތަކުން މި ބަދަލާ އެއްގޮތަށް ޚިދުމަތް ދެމުންދާނެއެވެ.

ޚިދުމަތް ދޭނެ ގަޑިތައް:

  • ހުކުރު ދުވަހު: ހެނދުނު 8:30 އިން 10:30 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް

  • ހަފުތާގެ އެހެން ދުވަސްތަކުގައި: ނަމާދު ގަޑިތައް ފިޔަވައި ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށް

މިފްކޯއިން މައުލޫމާތު ދޭ ގޮތުގައި މި ބަދަލު ގެނައީ ހުކުރު ދުވަހަކީ އާއިލީ ބައްދަލުވުންތަކާއި ޚާއްސަ ކެއުންތަކަށް އިސްކަންދޭ ދުވަހަކަށްވެފައި، ރަސްމީ ދުވަސްތަކުގައި ވަޒީފާތަކުގައި އުޅޭ މީހުންނަށް ހަފުތާ ބަންދުގައި ތާޒާ މަހާއި އެހެނިހެން އުފެއްދުންތައް ގަންނަން ފަސޭހަކޮށްދިނުމުގެ މަގުސަދުގައެވެ. އަދި ކޮންމެ ހުކުރު ދުވަހަކަށް ޚާއްސަކޮށްގެން ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ބަދަލު ގެނެސްފައިވަނީ ކަނޑުއޮތްގިރީގައި ހިކިމަސް ފެކްޓްރީއަކާއި އައިސް ޕްލާންޓެއް ހުޅުވައި އޮޕަރޭޝަންތައް އަލުން ފެށުމާއެކު، މާލެ ސަރަހައްދަށް ބޭނުންވާ މަހުގެ އުފެއްދުންތައް މެދުނުކެނޑި ފޯރުކޮށްދިނުމާއި ކަސްޓަމަރުންގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް