މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ

މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ދެ ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާއަކީ މި އަހަރުގެ މިހާތަނަށް ދެ ލައްކައިގެ އިންފާރު ހުރަސްކުރި ފުރަތަމަ ޤައުމެވެ. މިދިޔަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ.

އެންމެ ގިނައިން ޓޫރިސްޓުން އައި 3 ޤައުމު:

  • ޗައިނާ: 200,000 ޓޫރިސްޓުން

  • ރަޝިއާ: 170,000 ޓޫރިސްޓުން

  • އިނގިރޭސިވިލާތް: 94,000 ޓޫރިސްޓުން

މި އަހަރުގެ މިހާތަނަށް ޖުމްލަ 1.1 މިލިއަން ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 5 ޕަސެންޓް ދަށް އަދަދެކެވެ. އަންނަ ޓޫރިސްޓުންގެ އަދަދު މަދުވާން ދިމާވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިދިޔަ މާޗް މަހުން ފެށިގެން އައި ބަދަލުތަކެވެ.

އަދި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 73 ޕަސެންޓް (823,000 ޓޫރިސްޓުން) ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް