އެމްޓީސީސީއިން އެގްރޯނެޓްގެ ބޯޓުތައް ހިންގުމަށް މަޝްވަރާކޮށްފި

ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށްޓަކައި އެގްރޯނެޓް ބޯޓުތައް އެމްޓީސީސީގެ އުޅަނދުތަކުގެ ތެރޭގައި ހިމަނައިގެން ހިންގުމާ ގުޅޭގޮތުން އެ ކުންފުންޏާއެކު، ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާާރާއިން ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި އެމްޓީސީސީއިން ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށްޓަކައި އެގްރޯނެޓް ބޯޓުތައް އެ ކުންފުނީގެ އުޅަނދުތަކުގެ ތެރޭގައި ހިމަނައިގެން ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރިއެވެ.

އެމްޓީސީސީން ފާހަގަކުރީ މިކަމަށް ރައީސް އޮފީހުގެ އިސްފަރާތްތަކުގެ ނިންމުމެއް ބޭނުންވާކަމަށާއި ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާގެ އިރުޝާދާއެކު، މި ނިންމުން ނިމުމުން މިކަން ކުރިއަށް ގެންދިއުމަށް އެކުންފުނިން ތައްޔާރަށް، ތިބިކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީއިން މިހާރުވެސް ފެރީ ޚިދުމަތްތަކުގެ ތެރެއިން ތާވަލުތަކެއް ހަދާފައިވާކަމަށާއި، އެ ތަފްޞީލުތައް އެ ވުޒާރާއާއި ހިއްސާކުރާނެކަމަށާއި އެ ވުޒާރާއިން މި ތާވަލުތައް މުރާޖަޢާކޮށް، ލޮޖިސްޓިކްސްގެ ޕްލޭނެއް އެކުލަވާލުމަށްފަހު މި މަޢުލޫމާތު ދަނޑުވެރިންނަށް އަންގައިދިނުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް