ގިނަ އިނާމުތައް ހޯދުމުގެ ފުރުސަތާއެކު އެސްޓީއޯ މެގާ ސޭލް ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ "މެގަ ސޭލް ޕްރޮމޯޝަން" މިއަދު ފަށައިފިއެވެ.

އަގުހުރި އިނާމުތައް ހޯދުމުގެ ރަނުގެ ފުރުސަތާއެކު ފެށި މި ޕްރޮމޯޝަން ކުރިއަށްދަނީ މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްޓީއޯގެ މެގަ ޕްރޮމޯޝަންގެ ދަށުން ތަފާތު 2 ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާކަމަށާއި، އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސުން 500 ރުފިޔާ އަށްވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމަށް ކޫޕަނެއް ލިބިގެންދާނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. އަދި ލަކީ ޑްރޯގެ ގުރުއަތުން 3 ނަސީބުވެރި ފަރާތެއް ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ.

ނަސީބުވެރި ފަރާތްތްކަށް އަގުހުރި ގިނަ އިނާމު ތަކެއް ވެސް ލިބިގެންދާނެއެވެ. އެގޮތުން އިނާމުތަކުގެ ތެރޭގައި:

1 ވަނަ އަށް ހޮވޭ ފަރާތަކަށް – ފިލިޕްސް 50 އިންޗިގެ ޓީވީ އަކާއި ހިޓާޗީ މައިކްރޯވޭވް އަދި ހިޓާޗީ ބްރޭންޑް ގެ އައިސްއަލަމާރިއެއް ލިބިގެންދާނެ

2 ވަނަ އަށް ހޮވޭ ފަރާތަކަށް – ހިޓާޗީ ވޯޓަރ ޑިސްޕެންސަރ، ދޮންނަ މެށިން އަދި ހިޓާޗީގެ ފަންކާއެއް ލިބިގެންދާނެ

3 ވަނައަށް ހޮވޭ ފަރާތަކަށް – ހިޓާޗީ ޑިޝް ވޮޝަރ އަދި ރައިސް ކުކަރެއް ލިބިގެންދާނެ

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ސޯޝަލް މީޑިއާގައިވެސް ހާއްސަ ކެމްޕެއިންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ. އެ ގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ޕޭޖް ތަކަށް ފޮލޯ ކުރުމަށް ފަހު، ޕްރޮމޯޝަން މުއްދަތުގައި އަޕްލޯޑް ކުރާ ޕޮޓޯތަކުން ފެންނަ ޕްރޮޑަކްޓް ދިމާ ކުރައްވައިގެން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި ފަރާތަކަށް ގިފްޓް ހެމްޕަރއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ހަމައެއާއިއެކު މެގަ ސޭލް ދަށުން ވިއްކާ ޕްރޮޑަކްޓްތައް ބައްލަވައިގަނެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޭޝްޓެގްstopeopleschoice# ނުވަތަ މެގަ ސޭލަށް ހާއްސަ ކުރެވިފައިވާ MegaSalePC#

ހޭޝްޓެގް   އިއެކު ޕްރޯޑަކްޓްތަކުގެ ފޮޓޯ އަޕްލޯޑް ކޮއްލައިގެން ވަރަށް އަގުހުރި ފިލިޕްސް އެއަރ ފަރަޔަރ އެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ޕީޕަލްސް ޗޮއިސުން ވިއްކާ ގިނަ ޕްރޮޑަކްޓް ތަކަކުން %35 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް