މިނިސްޓަރ ޑރ.ޢަލީ ހައިދަރު "ލިވިންގ އެކްސްޕޯ" ރަސްމީކޮށް ހުޅުވައިދެއްވައިފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު ވަނީ ކުންފުނީގެ ފަރާތުން ކޮންމެ އަހަރަކު " މޯލްޑިވްސް ލިވިންގ އެކްސްޕޯ"ގެ ނަމުގައި ބާއްވަމުން އަންނަ މައުރަޒުގެ 13 ވަނަ އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވަވައިފައެވެ.

2025 ވަނަ އަހަރު، އޮގަސްޓް މަހުގެ 14 ވަނަ ދުވަހުން 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓަރަލް ޕާރކްގައި ބޭއްވުނު މި އެކްސްޕޯ އަކީ "މޯލްޝިވްސް ލިވިންގ އެކްސްޕޯ"ގެ 13 ވަނަ އެކްސްޕޯއެވެ. މި އެކްސްޕޯ އަކީ ގެދޮރުވެރިކަމާއި ގުޅުންހުރި ވަޞީލަތްތަކަށް ޚާއްސަކޮށް ބޭއްވުނު އެކްސްޕޯއެކެވެ. އެގޮތުން، ގޭތެރެ މަރާމާތުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ސާމާނުގެ އިތުރުން ތަފާތު އެކި ފަރުނީޗަރުތަށް މި އެކްސްޕޯގައި ވަނީ އާންމުންނަށް ޒިޔާރަތްކޮށް ބަލައިލުމަށް ހުޅުވާލެވިފައެވެ.

ވީ.ސީ.އެލް ގްރޫޕް، ބްރެއިން ކޮރަލް، ޓާޓާ ހައުސިންގ އަދި މޯލްޑިވްސް އިސްލާމިކް ބޭންކް ފަދަ 30 އަށްވުރެ ގިނަ ކުންފުންޏަކުން މި އަހަރުގެ "މޯލްޝިވްސް ލިވިންގ އެކްސްޕޯ"ގައި ވަނީ ބައިވެރިވެފައެވެ. އަދި މި އެކްސްޕޯގެ ތެރެއިން ކުރިއަށްގެންދެވުނު ޕެނަލް ޑިސްކަޝަންތަކުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިސާގެ އެހީ ހޯދުމާއި ގެދޮރުވެރިކަމާއި ގުޅޭ ވިޔާފާރީގައި ސަމާލުކަންދޭން ޖެހޭ ކަންކަމާއި ގުޅޭގޮތުން ވަނީ މަޢުލޫމާތު ޙިއްސާކުރެވިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް