ފެންފުށީ ގެސްޓުހައުސް ތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

އދ. ފެންފުށީ ގެސްޓުހައުސް ތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 12 ވަނަ ދުވަހު ކުރިއަށްގެންދިޔަ މިހަރަކާތުގައި، އެ ރަށުގެ ގެސްޓުހައުސް ތަކާއި ފަތުރުވެރިންގެ ދަތުރުތައް ރާވައި ހިންގާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، މިނިސްޓްރީ އޮފް ޓޫރިޒަމް އިން ކަނޑައަޅާފައިވާ މިންގަނޑަށް އެ ތަންތަނުގެ ހާލަތު ހުރިތޯ ބަލާފައިވެއެވެ. އަދި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް، ގެސްޓުހައުސްތަކުގައި ގާނޫނީ ގޮތުން ހުރުން ލާޒިމުކުރާ ސަލާމަތީ ވަސީލަތްތައް ގާއިމުކޮށްފައިވޭތޯ ބަލައި ރަނގަޅުކުރަންހުރި ކަންކަން ފާހަގަކޮށް އެ ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވެއެވެ.

މީގެ އިތުރުން، މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ ފަރާތުން ފެނިދާނެ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ކަންތައްތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ފުލުހުންނާއި ފަތުރުވެރިންނަށް ހިދުމަތްދޭ ފަރާތްތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ފެންފުށީ ޕޮލިހުން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގެސްޓުހައުސްތަކުގެ މަސަކަތްތައް ރާވައި ހިންގާ ފަރާތްތަކަށް މައުލޫމާތުދީ ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް