މާލޭގައި ހުންނަ ސީއެޗްއެސްއީގެ ބިށްދޮށުގައި އޮތް ހުސް ޖާގައިގައި ތަރައްގީކުރާ ހަތް ބުރީގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ވިދާޅުވެފައެވެ.
51.6 މިލިއަން ރުފިޔާއަށް މި މަޝްރޫއު ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ އެ އިމާރާތުގެ ކުރެހުންތައް އެޕްރޫވް ކުރުމުގެ މަސައްކަތެވެ.
ސީއެޗްއެސްއީގެ އާ އިމާރާތް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ 15 ކުލާސްރޫމާއި، 4 ސައިންސް ލެބާއި، ސްޓާފްރޫމެއްގެ އިތުރުން ލީޑިން ޓީޗާ ރޫމާއި އެޑްމިން އޮފީސް ހިމެނޭ ގޮތަށެވެ. މީގެއިތުރުން، އުޅެން ފަސޭހަވާނެހެން 3 ލިފްޓާއި ޕާކިން ސަރަހައްދެއްވެސް މި އިމާރާތުގައި ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.



