އެމްޓީސީސީގެ މުވައްޒަފުންނަށް "ހިޔާ މަޝްރޫޢު" ގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ބިމެއް ހަމަޖެއްސުމާ ގުޅޭގޮތުން އެމްޓީސީސީ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ލޯންޗުކުރި ހިޔާ މަޝްރޫޢުގެ ދަށުން އެމްޓީސީސީގެ ޓަވަރުތައް އަޅަން ނިންމި ނަމަވެސް އެ މަސައްކަތް ހުއްޓިފައިވާތީ، އެ މަޝްރޫޢު އަލުން އާރޯކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި އެމްޑީ ސައުދީގެ އިސްނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެދުމުން، ރައީސް ډްރ. މުހައްމަދު މުއިއްޒު ވަނީ އެ ކުންފުންޏަށް ބިމެއް ހަމަޖައްސައިދިނުމަށް އެޗްޑީސީއަށް އަންގަވާފައެވެ. ކުރިން 400 ފްލެޓާއެކު 14 ބުރީގެ ދެ ޓަވަރު އެޅުމަށް 439 މިލިއަން ރުފިޔާ ޚަރަދުކުރަން ނިންމި މި މަޝްރޫޢަށް ބިން ހަމަޖެހުނުހާ އަވަހަކަށް ޢަމަލީ މަސައްކަތް ފެށުމަށް މެނޭޖްމަންޓުން ދަނީ ތައްޔާރުވަމުންނެ



