"ފްރެންޑް 4" ދޯނި ދިޔަވެ އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ވަޔާއި ކަނޑުމަގުން މިހާތަނަށް 9،400 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.
އެއީ ވައިގެ މަގުން 7,512 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1,970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެކެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ފުލުހުންގެ ސާޖަންޓު ޢަލީ ނާފިޢު (33އ) އާއި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39އ) އަދި ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫން (35އ، ތ. މަޑިފުށި) އެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެއިން އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް ދޯނި ދިޔަވެގެންނެވެ. ދޯނި އަޑިއަށް ދިޔަ ހާދިސާ ހިނގިއިރު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ.



