އީރާނާއެކު އުފެދިފައިވާ މަސްރަހުގެ ނުތަނަވަސްކަން ކުޑަކޮށް، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި އަސްކަރީ ފިޔަވަޅުތަކުގެ ބަދަލުގައި ސިޔާސީ މަޝްވަރާތަކަށް އިސްކަންދިނުމަށް ސައޫދީ އަރަބިއްޔާއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިލްތިމާސްކޮށްފިއެވެ.
ސައޫދީ އަރަބިއްޔާގެ ހާރިޖީ މުއައްސަސާތަކުން ފާހަގަކުރި ގޮތުގައި، މެދުއިރުމަތީގައި އިތުރު ހަނގުރާމައެއް သުވަތަ އަސްކަރީ ކުރިމަތިލުމެއް ހިނގުމަކީ މުޅި ސަރަހައްދުގެ ސަލާމަތާއި އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެކެވެ. އެހެންކަމުން، އީރާނާއެކު ހުރި މައްސަލަތައް ހައްލުކުރުމަށް އެންމެ އެކަށީގެންވާ މަގަކީ ދިޕްލޮމެޓިކް މަޝްވަރާތައް ކަމަށް ސައޫދީން ވަނީ ބުނެފައެވެ.
"ސަރަހައްދީ ރައްކާތެރިކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މަޝްވަރާގެ މަގުން މައްސަލަތައް ހައްލުކުރުމަކީ އެންމެ މުހިންމު ކަންތައް. އަސްކަރީ ނުތަނަވަސްކަން ކުޑަކޮށް، ސުލްހަ ގާއިމުކުރުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކަށް އަހަރެމެން ތާއީދުކުރަން." ސައޫދީ ހާރިޖިއްޔާގެ މަސްއޫލުވެރިއެއް
ސައޫދީ އަރަބިއްޔާއިން ދަނީ ރެޑް ސީ އަދި ގަލްފު ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރާއި އިގްތިސާދީ މަސައްކަތްތަކަށް ބުރޫނޫންނާނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް ބައިނަލްއަގުވާމީ ބައިވެރިންނާއެކު މަސައްކަތް ކުރަމުންނެވެ.
މި އިލްތިމާސާއެކު، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކަށް ސިޔާސީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ސިޔާސީ މާހިރުން ގަބޫލުކުރެއެވެ.




