އދ. އޯމަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ޕޯސްޓު އިމާރާތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު ސައިޓުގައި ކުރިއަށްދަނީ ޕޮލިސް ޕޯސްޓް އިމާރާތުގެ ފުރާޅުގެ މަސައްކަތްތަކުގެ އިތުރުން، އިމާރާތުގެ ފާރުތައް ރާނުމާއި އިންފާރު ރާނުމުގެ މަސައްކަތްތަކެވެ.
Project Update: Development of Police post in ADh. Omadhoo
Roofing work, boundary wall masonry work and police post building masonry work is currently ongoing at the project site.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/wJoHPZZTVf
— MTCC Plc (@MTCCPlc) August 1, 2026
މި މަޝްރޫއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް، ފުލުހުންގެ ޚިދުމަތް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދަވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ.
އޯމަދޫގައި އިދާރީ ގޮތުން ފުރިހަމަ ޕޮލިސް ޕޯސްޓެއް ގާއިމުކުރެވުމާއެކު، އެ ރަށުގެ ކުށްމަދުކުރުމަށާއި، ރައްޔިތުންގެ މުދަލާއި ފުރާނައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. އަދި އަތޮޅުތެރޭގައި އަމާން މާހައުލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.



