ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން ށ. މިލަންދޫ ސްކޫލުގައި ތަރައްޤީކުރާ ޕާކިންގް ސަރަޙައްދުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އާރްޑީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ ދަށުން މިވަގުތު ސައިޓުގައި ކުރިއަށްދަނީ ޕާކިންގ ސަރަހައްދުގައި ކޮންކްރީޓް ސްލެބް އެޅުމުގެ މުހިންމު މަސައްކަތްތަކެވެ.
މި ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ށ. މިލަންދޫ ސްކޫލުގައި ތަރައްޤީކުރާ ޕާކިންގް ސަރަޙައްދުގެ މަސައްކަތުގެ ތެރެއިން، މިވަގުތު ކުރިއަށްދަނީ ކޮންކްރީޓް ސްލެބް އެޅުމުގެ މަސައްކަތް.#TeamRDC pic.twitter.com/cGPdsaBhaA
— Road Development Corporation Ltd (@rdcmaldives) July 28, 2026
މިލަންދޫ ސްކޫލަށް ދާ ދަރިވަރުންނާއި ބެލެނިވެރިންނަށް ދިމާވާ ތޮއްޖެހުމާއި މަގުމަތީގެ ރައްކާތެރިކަމުގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫއަކީ އާރްޑީސީގެ ހިލޭ އެހީގެ ދަށުން، އެ ކުންފުނީގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ އިޖުތިމާއީ ހިދުމަތެކެވެ. ކުުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް އަމާޒުހިފާފައިވާ މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި މުޅިން ނިންމާލުމަށް ވަނީ ރޭވިފައެވެ.
މި ޕާކިންގ ސަރަހައްދު ބޭނުންކުރަން ފެށުމުން، ސްކޫލް ވަގުތުތަކުގައި މަގުމަތީގެ ނުވަތަ ޓްރެފިކް ތޮއްޖެހުން ކުޑަވެ، ސައިކަލާއި އެހެނިހެން އުޅަންދުފަހަރު އިންތިޒާމުވެގެން ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެއިތުރުން، މިއީ ސްކޫލަށް ވަދެނުކުމެ އުޅޭ ކުދިންނަށް މަގުމަތީގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ މުހިންމު ބަދަލެއް ކަމަށްވެސް އާރްޑީސީން ފާހަގަކުރެއެވެ.




