ހދ. ފިނޭގައި ޒަމާނީ ފެންވަރަށް ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓުގެ އަމަލީ މަސައްކަތްތައް އެއްކޮށް ނިންމާލާައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މި މަޝްރޫއުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަމުން އެމްޓީސީސީއިން ބުނީ ފިނޭގެ ޒުވާނުންނަށާއި ވޮލީއަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ހުރިހާ އަމަލީ މަސައްކަތްތަކެއް ނިމުމަކަށް އައިސްފައިވަނީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.
Project Update: Completion of Volley Court at HDh. Finey
Physical works completed on 28th June 2026.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/YY5sgRcENd
— MTCC Plc (@MTCCPlc) July 12, 2026
މި މަޝްރޫއަކީ ރަށުގެ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ހިންގި މުހިންމު މަޝްރޫއެކެވެ. ކޮންކްރީޓް ކުރުމާއި، ވަށާފާރު ރޭނުމާއި، ލައިޓިންގ ހަރުކުރުމުގެ މަސައްކަތް ހިމެނޭ މި މަޝްރޫއު އެއްކޮށް ނިންމާލާފައިވަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް 120 ދުވަހުގެ ތެރޭގައެވެ.
މި އައު ވޮލީ ކޯޓާއެކު ފިނޭގެ ކުޅިވަރުގެ މާހައުލަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ. ވަސީލަތްތައް މަދުވުމުގެ ސަބަބުން ކުރިން ދިމާވި ދަތިތަކަށް ހައްލެއް ލިބި، ރަށުގެ ޒުވާނުންގެ ހުނަރު ތަރައްގީކުރުމަށާއި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މި ކޯޓުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ރަށުގެ ރައްޔިތުން އުއްމީދުކުރެއެވެ.




