ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ބޭނުމަށް، މާލެއަށް ނިސްބަތްވާ ޒުވާނަކު ހާޒިރުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާނުކޮށްފިއެވެ.
ފުލުހުން ހޯދަމުންދަނީ ހ. ގާރޑްންބިޔުޓީ، މުޙައްމަދު ޝައިޙާން (27އ) އެވެ. އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވޭގޮތް ވަނީ ނުވެފައެވެ. އެހެންކަމުން، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާ ހޯދުމަށް ފުލުހުން ވަނީ އާންމުކޮށް އިއުލާނުކޮށްފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އައިޑީ ކާޑު ނަންބަރު A387340 އެއް ހުރި ޝައިޙާން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރަނީ ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތުހުމަތުގައި ސުވާލުކުރުމަށެވެ. އޭނާ ހާޒިރުވާން އަންގާފައިވަނީ 2026 ޖުލައި 15 ވާ ބުދަ ދުވަހުގެ ހަވީރު 16:00 އަށެވެ.




