އެސްޓީއޯ އިން ހިންގަމުންދިޔަ ފާމަސީތައް، އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑ ްމެޑިކަލް ސަޕްލައިސް (ސްޓޭޓްފާމާ) ގެ ދަށަށް ބަދަލުކޮށް ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. އެސްޓީއޯގެ ފާމަސީތައް ސްޓޭޓްފާމާގެ ދަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތްތަކަށްޓަކައި، އެ ތަންތަން މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.
އެސްޓީއޯ ފާމަސީތައް ބަދަލުކުރުމުގެ އިދާރީ އަދި އަމަލީ މަސައްކަތްތައް ނިންމައި، ސްޓޭޓްފާމާ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ރާއްޖޭގެ އެކި ސަަރަހައްދުތަކުގައި ހުރި އެސްޓީއޯގެ ހުރިހާ ފާމަސީއެއް އެ ކުންފުނީގެ ދަށުން ހުޅުވައި، ޚިދުމަތް ދޭން ފަށާފައިވާ ކަަމަށެވެ. ദައުލަތުގެ ބޭސް ކުންފުނިން ބުނި ގޮތުގައި، މުޅި ރާއްޖޭގައި ބޭހުގެ ޚިދުމަތްތައް ފަސޭހަކަމާ އެކު ލިބޭނެ މަގު ތަނަވަސްކޮށްދީ، އެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމުގައި އެ ކުންފުނި ސާބިތުކަމާ އެކު ދެމިއޮންނާނެއެވެ.
ރާއްޖެއަށް ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް އެތެރެކޮށް ފޯރުކޮށްދިނުމުގެ ޒިންމާ މިހާތަނަށް އުފުލަމުން އައީ އެސްޓީއޯއިންނެވެ. ނަމަވެސް، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ބޭސް ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، މިހާރަށް ވުރެ ހަރުދަނާ އަދި ރަނގަޅު އިންތިޒާމެއްގެ ދަށުން ބޭހުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ސްޓޭޓްފާމާ އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
މި ގެނެވުނު ބަދަލުތައް ތަންފީޒުކުރަމުން އަންނައިރު އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ކުންފުނިން ވަނީ މާފަށް އެދިފައެވެ. އަދި ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ސްޓޭޓްފާމާގެ ހޮޓްލައިން 1505 މެދުވެރިކޮށް 24 ގަޑިއިރު ޚިދުމަތް ލިބޭނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރެ



