ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ ދެ މަސް ބޯޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ.ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދާ، ބޭރުގެ ދެ މަސްބޯޓެއްގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ.ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދާ، ބޭރުގެ ދެ މަސްބޯޓެއްގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާން ފަށައިފި.
— Maldives National Defence Force (@MNDF_Official) June 25, 2026
އަދި މިކަމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
ނަމަވެސް އަދި މިކަމާ ގުޅޭ އިތުރު ތަފްސީލެއް ސިފައިން ހާމައެއް ނުކުރެއެވެ.



