ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ އެކު، ރާއްޖެއިން ފިލައިގެން ގޮސްފައިވާ ދިވެއްސަކު ހޯދައި ހައްޔަރުކުރުމަށްޓަކައި އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފިއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި މި މައްސަލައިގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހާ ވަނީ މައްސަލަ ފުލުހަށް ހުށަހެޅިތަނާހެން ރާއްޖެދޫކޮށް ގޮސްފައެވެ. އަދި އޭނާ މިހާރު އުޅޭ ވަކި ގައުމެއް ނުވަތަ ތަނެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
ހޯދަމުންދާ މީހާގެ ތަފްސީލް:
-
ނަމާއި އުމުރު: އިޒްޔާން އަބްދުލްހަމީދު (38 އަހަރު)
-
ދާއިމީ އެޑްރެސް: ރާހި / ފ. ނިލަންދޫ
އިންޓަޕޯލްއިން ރެޑް ނޯޓިސްއަކީ ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާ އެކު، ކުށުގެ ތުހުމަތުކުރެވޭ މީހުން ހޯދައި ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުން ހައްޔަރުކުރުމަށް މަގުފަހިކުރުމަށް ނެރޭ ނޯޓިސްއެކެވެ. މިއީ ތަހުގީގަށް ހާޒިރުކުރުމަށް ނުވަތަ ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ހޯދާ ފަރާތްތަކުގެ މައުލޫމާތު ބައިނަލްއަގުވާމީ ފެންވަރުގައި އާންމުކުރުމަށް ބޭނުންކުރާ ނިޒާމެކެވެ.
ފުލުހުން ދަނީ ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން މި މީހާ ހޯދުމުގެ މަސައްކަތް އިތުރަށް ކުރިއަށްގެންދަމުންނެވެ.




