ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ 'އައިޝާ' ޑޮކިއުމެންޓްރީ އާންމުންގެ ތެރޭގައި ފެތުރުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ. މި މައްސަލައާ ގުޅިގެން އަދަދު ނޫހުގެ އިސްވެރިން ކަމަށްވާ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފްކުރުމުގެ ޖިނާއީ ދައުވާ މިހާރު ވަނީ އުފުލާފައެވެ.
ކޯޓުން މިއަދު ނެރުނު އަމުރުގައި ބަޔާންކޮށްފައިވަނީ، މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާނީ ސިއްރުކޮށްގެން ކަމަށެވެ. އަދި ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން އެ ވީޑިއޯ ޑޮކިއުމެންޓްރީ އެއްވެސް ސިފައެއްގައި ދައުރުކުރުމާއި، އޭގައި ހިމެނޭ ވާހަކަތައް ސީދާކޮށް ނުވަތަ ނުސީދާކޮށް ދެއްކުމަކީ މަނާކަމެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، މި މައްސަލާގައި ހިމެނޭ ހަސްމުންނާއި އަނިޔާ ލިބުނު ފަރާތާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުމާއި، ޝަރީއަތުގެ ލިޔެކިޔުންތަކާއި މައުލޫމާތު އާންމުކުރުން ވެސް ކޯޓުން ވަނީ މަނާކޮށްފައެވެ. މި އަމުރާ ހިލާފުވާ ފަރާތްތަކާމެދު ކޯޓުގެ ހުރުމަތް ކެނޑުމުގެ ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
ގާޒީ މުޒައްމިލު ނާސިރު މި އަމުރު ނެރުއްވީ، ދައުލަތުގެ ފަރާތުން އެދިވަޑައިގަތް ގޮތުގެ މަތިން، ޝަރީއަތުގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުންނެވެ.