ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާމިޒު މިއަދު އަވަހާރަވެއްޖެ އެވެ.
މުހައްމަދު ރާމިޒަކީ ރާއްޖޭގެ ސިޔާސީ ދާއިރާގެ އިތުރުން އިގްތިސާދީ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ފަދަ މުހިންމު ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
ރާމިޒު އަވަހާރަވި އިރު އުމުރަކީ 74 އެވެ. އޭނަގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނަގެ އާއިލާ އަށް ތައުޒިޔާ ފޮނުއްވައި ވިދާޅުވެފައި ވަނީ ރާމިޒަކީ ޓޫރިޒަމާއި ވިޔަފާރީގެ ދާއިރާ އިން ވެސް ޤައުމަށް ޚިދުމަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.




