މަސައްކަތްތެރިންގެ ހައްގުގައި، ސަރުކާރުން އިސްނަގައިގެން ފުރަތަމަ ފަހަރަށް މާލޭގައި ހިިނގާލުމެއް ބާއްވައިފި އެވެ.
ސަރުކާރުގެ މި ހިނގާލުން ބާއްވާފައިވަނީ، ބައިނަލްއަގުވާމީގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން ހޯމް ލޭންޑް މިނިސްޓްރީންނެވެ. މި ހިނގާލުން ފެށީ މިއަދު ހަވީރު އާޓިފިޝަލް ބީޗުންނެވެ. މި ހިނގާލުން ނިންމާލީ ސޯޝަލް ސެންޓަރު ސަރަހައްދުންނެވެ.
މި ހިނގާލުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި، އެހެން މިނިސްޓްރީތަކުގެ މިނިސްޓަރުންނާއި ސަރުކާރުގެ އެކި ކުންފުނިތަކުގެ މުވައްޒަފުން ވެސް ބައިވެރިވި އެވެ.
މި ހިނގާލުން ނިންމާލުމުގެ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، އެ ހަރަކާތުގެ ބޭނުމަކީ، މަސައްކަތްތެރިންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަން ކަމަށް ހައްލު ހޯދައިދިނުމުގެ އިތުރުން، އަގު ވަޒަންކުރުން ކަމަށެވެ. އިހުސާން ވިދާޅުވީ، އަދި، މަސައްކަތުގެ މާހައުލުގައި ދިވެހިންނަށް ހުރި ދަތިތައް ދެނެގަނެ، ކުރުރާސްތާގައާއި ދުރުރާސްތާގައި އެކަންކަމަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއވި އެވެ. އެކަމަށްޓަކައި މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ހުރިހާ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކުގެ މަސައްކަތްތައް ވެސް މިއަހަރުތެރޭ ނިންމާނެ ކަމަށް ވިދާޅުވި އެވެ.



