މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓާ ގުޅުންހުރި މަސައްކަތްތަކަށް، ކުރިއަށް އޮތް އާދިއްތަ އަދި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު ސޮއިކުރައްވައި ނެރުއްވި ދެންނެވުމެއްގައިވާ ގޮތުން، މި ދެ ދުވަސް ބަންދުކުރަން ރައީސް ނިންމެވީ އިލެކްޝަންސް ކޮމިޝަނުގެ އެދުމުގެ މަތިންނެވެ. އިންތިހާބުގެ އެކި މަސައްކަތްތަކުގައި ސަރުކާރުގެ އިދާރާތަކާއި ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާތީއާއި، ވޯޓަށްފަހު ކުރަންޖެހޭ މުހިންމު އިދާރީ މަސައްކަތްތަކަށް ވަގުތު ދިނުމަކީ މިވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އީސީން ވަނީ ފާހަގަކޮށްފައެވެ.
މިއަދުގެ ވޯޓަކީ ކައުންސިލް އިންތިހާބުގެ އިތުރުން، ރާއްޖޭގެ ބޮޑެތި އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ މެދުގައި ނަގާ ހިޔާލު ހޯދުމުގެ މުހިންމު ވޯޓަކަށް ވާތީ، މުޅި ރާއްޖޭގައި ގިނަ އަދަދެއްގެ އޮފިޝަލުން ދަނީ މި ހަރަކާތުގައި ބައިވެރިވަމުންނެވެ. އެހެންކަމުން މާދަމާ، 5 އެޕްރީލްވާ އާދިއްތަ ދުވަހާއި 6 އެޕްރީލްވާ ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދުވާނެއެވެ.




