މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ހަކަތަ ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން، ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު ޤައުމީ ފެންވަރުގައި އިޢުލާންކުރި ފުރަތަމަ ޤައުމަކަށް ފިލިޕީންސް ވެފައިވާކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ޖީ.އެމް.އޭ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ވަނީ ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރައްވައި، ރިޔާސީ ގަރާރެއްގައި ސޮއިކުރައްވާފައެވެ.
މި ނިންމެވުމުގެ މައިގަނޑު މަޤްޞަދަކީ ހަކަތަ ފޯރުކޮށްދިނުން މެދުނުކެނޑި ކުރިއަށްގެންދިއުމާއި، ތެލުގެ އަގުބޮޑުވުމުގެ ސަބަބުން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި މުޅި ގައުމުގެ ފެންވަރުގައި ފިޔަވަޅުތަކެއް އެޅުމެވެ.
މި ހާލަތާ ގުޅިގެން ސަރުކާރުން ވަނީ "ޔުނިފައިޑް ޕެކޭޖް ފޯ ލައިވްލިހުޑްސް، އިންޑަސްޓްރީ، ފުޑް، އެންޑް ޓްރާންސްޕޯޓް" (އަޕްލިފްޓް) ގެ ނަމުގައި ފުޅާދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ އޮނިގަނޑެއް ތަޢާރަފުކޮށްފައެވެ.
މި މަޝްރޫއުގެ އަމާޒަކީ ދަތުރުފަތުރާއި، ދަނޑުވެރިކަމާއި، އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެ ގައުމުގެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، މި އިޢުލާނާއެކު ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވި، ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށާއި، ތެޔޮ ބެހުމުގެ ކަންކަން ތަރުތީބުކުރުމަށާއި، އަދި މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
ދެކުނު އިރުމަތީ އޭޝިއާގެ މި ގައުމަކީ ބޭނުންވާ ހަކަތައިގެ ގާތްގަނޑަކަށް %26 މެދުއިރުމަތިން އެތެރެކުރާ ގައުމެކެވެ. 2024 ވަނަ އަހަރު އެކަނިވެސް ހަކަތަ އެތެރެކުރުމަށް 16 ބިލިއަން ޑޮލަރު އެ ގައުމުން ވަނީ ހޭދަކޮށްފައެވެ.
އިޒްރޭލާއި އެމެރިކާއިން އިރާނަށް ހަމަލާ ދ އެގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ހަމެނައި ޝަހީދުކޮށްލުމުން ފެށުނު މިހަނގުރާމައިގައި މިހާތަނަށް 1،340 މީހުން އިރާނުގައި މަރުވެފައިވެއެވެ.
އެއާއެކު، އިޒްރޭލާއި އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން ތަކުރާރުކޮށް ޑްރޯން އަދި މިސައިލް ހަމަލާތައް ދީ ބަދަލުހިފަމުންދާ ދަނޑިވަޅެއްގައި، މަސްރަޙު ވަނީ އިތުރަށް ނުތަނަވަސްވެފައެވެ.




