ހުޅުމާލެއިން އެއާޕޯޓަށް ދަތުރުކުރި ވެހިކަލެއް ހައިވޭގެ ފެންސުގައި ޖެހި ފުރޮޅާލައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލެއިން އެއާޕޯޓަށްދާ ހައިވޭގައި ދަތުރު ކުރި އުޅަނދެއް މަގުގެ އެއްފަރާތުގައި ހުންނަ ފެންސްގައި ޖެހި އެކްސިޑެންޓް ވެގެން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި އެކްސިޑެންޓްގައި އުޅަނދުގައި ތިބި ދެ މީހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.




