ފުވައްމުލައް ސިޓީ، ފައުންޑޭޝަން ސްކޫލު ކައިރީގައި ހުރި ވެހިކަލްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފްގެ ފުވައްމުލައް ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 12:00 ހާއިރު ކަމަށެވެ.
އެއާއެކު އެމްއެންޑީއެފް ފުވައްމުލައް ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. އެގޮތުން ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ވެހިކަލްތަކުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 12:50 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.



