މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ 4 ވަނަ އައިނު ފިހާރަ ހުޅުވައިފިއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގައި އައިނު ފިހާރަ ހުޅުވަން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އައިނު ފިހާރަ ހުޅުއްވައިދެއްވީ، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.
މިއައިނު ފިހާރައާއެކު އާސަންދައިގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން އައިނު ހެއްދޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
އާސަންދަ މެދުވެރިކޮށް އައިނު ހެއްދުމަށް ކޮންމެ ދެ އަހަރަކުން އެއްއަހަރު ކަވަރ ކުރާ މިންވަރު 2000 ރުފިޔާއަށް ބޮޑުކޮށްދެއްވައި، ސަރުކާރުގެ މައި ހޮސްޕިޓަލުން އައިނު ހެއްދޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ ގިނަ ރައްޔިތުންގެ ދުވަސްވީ ކަންބޮޑުވުމަކަށް ނިމުން ގެނުވި ކަމެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ގާތްގަނޑަކަށް 12900 އަށްވުރެ ގިނަ މީހުން ލޯ ދައްކާފައިވާއިރު، އޭތެރެއިން 12000 އަށްވުރެ ގިނަ މީހުން ވަނީ އައިނު ހައްދާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




