ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުންނާއި އިންތިހާބުކުރަންޖެހޭ ސީދާ އަދަދަށް އެކަނި ކުރިމަތިލާފައިވާތީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރާ ގޮނޑިތަކުގެ ތެރެއިން 28 ގޮނޑިއެއް އިންތިހާބަކާނުލައި ވެރިކަންކުރާ ޕާޓީ ޕީއެންސީ އަށް ކާމިޔާބު ވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި ޕީއެންސީގެ އިތުރުން، އިންތިހާބަކާނުލައި އެމްޑީޕީއަށް އެއް ގޮނޑި އަދި އަދާލަތު ޕާޓީއަށް ވެސް ގޮނޑިއެއް ލިބިފައިވެ އެވެ. މީގެ އިތުރުން ލ. ކަލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓަކަށް ވެސް އިންތިހާބަކާނުލައި ގޮނޑިއެއް ކަށަވަރުވެފައިވެ އެވެ.
އިންތިހާބަކާ ނުލައި ޕީއެންސީއަށް ހަތް ރަށެއްގެ ކައުންސިލް މެޖޯރަޓީ ކަށަވަރުވެފައިވެ އެވެ. އެއީ:
- ހއ. އުތީމު
- އއ. ހިމަންދޫ
- އދ. ކުނބުރުދޫ
- އދ. ދިއްދޫ
- ވ. ފެލިދޫ
- ތ. ވިލުފުށި
- ލ. މުންޑޫ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




