މާލޭގެ ސުނާމީ ބިނާ ސަރަހައްދު ތަރައްގީކުރުމަށް އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް މިއަދު އަންގައިފިއެވެ.
ފުލުހުން ބުނީ މާލޭ ސްކޭޕިން މަޝްރޫއުގެ ތެރެއިން ސުނާމީ ބިނާ މައިޒާން ތަރައްގީކުރުމުގެ މަސައްކަތަށް އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން އަންގާކަމަށެވެ.
ފުލުހުން ހިއްސާކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި ހުރި އުޅަނދުތައް މިއަދުގެ 18:00 ގެ ކުރިން އެ ސަރަހައްދުން ނަގައި ހުސް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ސުނާމީ ބިނާ މައިޒާނުގެ ވީރާނާވެފައިވާ ތަންތަން މަރާމާތުކުރުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައި ވަނީ މީގެ ދެމަސް ދުވަސް ކުރީން ނިމިދިޔަ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ސުނާމީބިނާގެ މަސައްކަތް ނިންމާލުމެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


