ޙުކުމް ތަންފީޒުކުރަމުން ދަނިކޮށް މިދިޔަ ހަފްތާގައި މަރުވެފައިވަނީ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ދަފްތަރު ނރ. 439، އުުމުރުން 53 އަހަރުގެ އިބްރާހިމް ސުޙެއިލް އާއި، ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، އުމުރުން 45 އަހަރުގެ ޙަސަން ނިޔާޒްއެވެ.
މީގެތެރެއިން އިބްރާހިމް ސުޙެއިލްގެ ސިއްހީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ފަހުން އޭނާ މަރުވީ ނިއުމޯނިއާ ޖެހިގެންނެވެ. މީގެ އިތުރުން ޙަސަން ނިޔާޒް މަރުވީ އޭނާއަށް ކުއްލި މެޑިކަލް އިމަރޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި އަވަސް ފަރުވާދެމް ދަނިކޮށެވެ.
މި ދެ މައްސަލަވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.
ފުލުހުން ބުނީ މަރުވި ދެ މީހުންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ނިންމާފަކަމަށާއި، އޮޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


