މާލެ ހިޔާ އެކެއްގެ ފުލެޓަކުން އުމުރުން 60 އަހަރުގެ މީހަކު މިއަދު ހެނދުނު ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ މާލެ ހިޔާ 1 ވަނަ ފްލެޓުން މީހަކު ވެއްޓިފައިވާކަމުގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 06:50 ހާއިރުކަމަށެވެ.
ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ވެއްޓިފަވަނީ އެ ފްލެޓްގެ 5 ވަނަ ފަންގިފިލާއިންކަމަށް ފުލުހުން ބުނެއެވެ.
Advertisement
ވެއްޓުނު މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


