ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ މާލޭގެ ވިޔާފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ކުރަން ޖެހޭ އެންމެ މުހިއްމު މަސައްކަތުގެ ދަށުން 100 މީޓަރުގެ އިންޓަނޭޝަނަލް ކީވޯލްގެ މަސައްކަތް ކުރަން މިއަދު އެމްޕީއެލުން ބަޔަކާއި ހަވާލުކުރާނެކަމަށެވެ. އަދި ޑޮމެސްޓިކް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމަށް ބޭނުންވާ 2 ކީލޯ މީޓަރުގެ ކީވޯލާއި ޕޭވްކުރުމާއި އިމާރާތްތައް އެޅުމުގެ މަސައްކަތާއި އަދި ތަކެތި ހޯދުމުގެ މަސައްކަތް މިއަހަރުގެ މެދު ތެެރޭގައި އެކި ފަރާތްތަކާއި ހަވާލުކުރެވޭނެކަމަށެވެ.
ޑޮމެސްޓިކް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމަށް ބޭނުންވާ 2 ކިލޯމީޓަރުގެ ކީވޯލްއާއި، ޕޭވްކުރުމާއި، އިމާރާތްތައް އެޅުމާއި އަދި އިކުއިޕްމަންޓް ހޯދުމަށް މިއަހަރުގެ މެދުތެރޭ އެކި ފަރާތްތަކަށް ހަވާލުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހައި މަސައްކަތެއް ނިންމައި 11 ނޮވެމްބަރ 2027 ވަނަ އަހަރު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
"މި ބަދަލާއިއެކު ބަނދަރުގެ ޚިދުމަތްތައް ފެށުމާއިއެކު މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯތު 48 ގަޑިއިރުން ހުސްކުރެވި ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކުރެވި މުދާ ރާއްޖެ ގެނައުމަށް ހިނގާ ހަރަދު ކުޑަވާނެ. މި ހުރިހައި ބަދަލުތަކާއިއެކު މުދަލުގެ އަގު ކުޑަކުރެވި އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެ. އަދި މިހާރު މާލޭގައި ގުދަންކުރެވޭ މުދާ ތިލަފުށީގައި ގުދަން ކުރުމުގެ ފުރުސަތު ފަހިވެ މާލޭގެ މާރުކޭޓް ސަރަހައްދުގައި މިހާރު ކުރަމުންދާ ހޯލްސޭލް ވިޔަފާރި އެކީގައިހެން ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއިއެކު މުދާ އުފުލާ ބޯޓުތަކަށް ފަސޭހަކަމާއިއެކު ބަނދަރުކުރެވި މުދާ އަރުވާ ބޭލުމަށް ބަނދަރުގައި މަޑުކުރަންޖެހޭ ދުވަސްތައް މަދުވެ ރަށްރަށައް މުދާ ގެންދިއުން އަވަސްވެގެންދާނެކަމަށެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި މުދާ ގުދަންކުރަން ޖެހުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބި މިހާރު މާލޭގެ އެންމެ ކާރޫބާރުބޮޑު މާރުކޭޓް ސަރަހައްދާއި އެމްޕީއެލް ސަރަހައްދު ދުއްވާ ތަކެއްޗަށް ފަސޭހަވެ މީހުން ހިނގާ ބިނގާވެ އުޅުމަށް ފަސޭހަ ތަނަކަށް ބަދަލުވެގެންދާނެކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


