އެމްޓީސީސީން ބުނީ، މި އިންޓަވިއުތައް އޮންނާނީ މިމަހުގެ 7 ވާ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އިންޓަވިއުތައް ކުރިއަށްދާނީ، އެ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ކުޅުދުއްފުށި ސިޓީގައި ކަމަށެވެ.
މި ފަހަރު ހުޅުވާލާފައިވާ މަޤާމުތަކުގެ ތެރޭގައި ޑްރެޖް ކުރޫ، ވެލްޑަރުން، ޑްރެޖް ސުޕަވައިޒަރުން، ޓަގް އޮޕަރޭޓަރުން އަދި ޓަގް ކުރޫ ހިމެނެއެވެ. މީގެ އިތުރުން، ދާއިރާއިން ތަމްރީނުވުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ޑްރެޖް އޮޕަރޭޓަރ ޓްރެއިނީ އަދި ޑްރެޖް މެކޭނިކް ޓްރެއިނީގެ މަޤާމުތަކަށްވެސް މީހުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މީހުން ހޯދާ މަގާމުތައް
- ޑްރެޖާ ކްރޫ
- ވެލްޑަރު
- ޑްރަޖާ ސްޕަވައިޒަރު
- ޑްރެޖާ އޮޕަރޭޓަރު ޓްރެއިނީ
- ޑްރެޖާ މެކޭނިކް ޓްރެއިނީ
- ޓަގް އޮޕަރޭޓަރު
- ޓަގް އޮޕަރޭޓަރު ޓްރެއިނީ
- ޓަގް ކްރޫ
މި އިންޓަވިއުތަކުގެ މައިގަނޑު މަޤްސަދަކީ، ހދ. ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީގައި ވަޒީފާ ބޭނުންވާ މީހުންގެ ޕޫލެއް އެކުލަވާލުން ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މިއީ، އެ ސަރަޙައްދުގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ، ކުންފުނީގެ މަޝްރޫޢުތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރު ކުރުމަށް ކުރާ މަސައްކަތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


