ނ. ވެލިދޫގައި ސީއެމްބިއުލާންސްގެ ހިދުމަތް ފަށައިފި އެވެ.
ނ.އަތޮޅުގައި މިހާރު ސީ އެމްބިއުލާންސް ޚިދުމަތް ދެނީ، ނ. މަނަދޫގައި އޮތް ސީ އެމްބިއުލާންސްއިންނެވެ. އެ އެމްބިއުލާންސްއިން ބައެއް ޙާލަތްތަކުގައި މާލެއަށްވެސް ބަލި މީހުން އުފުލަން ޖެހޭތީ ދަތިތަކާއި ދަނީ ކުރިމަތިވަމުންނެވެ.
އެ ހިދުމަތް ވެލިދޫގައި ފައްޓަވައިދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު މިޒްނާ އަލީ އެވެ.
މި ރަސްމިއްޔާތުގައި މިޒުނާ ވިދާޅުވީ، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ވެލިދޫގައި މި ހިދުމަތް ގާއިމްކުރުމަށްޓަކައި ވަގުތުން މަސައްކަތް ފައްޓަވާ އެވުޒާރާއަށް ބޭނުންވާ އެހީތެރިކަން ރައީސް ދެއްވި ކަމަށެވެ.
އަދި ވެލިދޫއަކީ، ފަތުރުވެރި ކަމުގައި ކުރިއަރާފައިވާ ރަށަކަށް ވުމުން ސީއެމްބިއުލާންގެ ހިދުމަތް ޤާއިމްވުމަކީ، ސިއްހީ ދާއިރާގެ އިތުރަށް އެ ސަރަޙައްދުގެ އިގްތިސާދީ މަސައްކަތްތަކަށްވެސް ވަރުގަދަ އައްޑަނައަކަށް ވާނެ ކަމަށެވެ.
މިޒުނާ ވިދާޅުވީ، ސިއްޙީ ރައްކާތެރިކަމާއި އަވަސް ފަރުވާގެ ނިޒާމެއް އޮތުމަކީ ވިޔަފާރިވެރިންނަށް އިންވެސްޓަރުންގެ މެދުގައި އިތުބާރު ބޮޑުވެ، އެތައް ބަޔަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


