އޭޕްރިލްމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.
އީސީން މިރޭ އާއްމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން ރަށު ކައުންސިލްތަކާއި ސިޓީކައުންސިލްތަކަށް ކުރިމަތިލާން މިހާތަނަށް 1،010 ފަރާތަކުން ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވާ ފޯމް ހުށަހެޅީ 750 ފަރާތަކުންނެވެ. އަނެއް 260 ފަރާތުގެ ތެރެއިން 77 ފަރާތަކުން، ޝަރުތު ހަމަނުވާތީ އަލުން ފޯމު ހުށަހަޅާފައިވާ ކަމަށް ވެސް އީސީން ބުންޏެވެ.
ވިއެވެ.
އަންހެނުންގެ ކޮމިޓީތަކަށް ސިޔާސީ ޕާޓީތަކުން މިހާތަނަށް 565 ފޯމު ހުށަހަޅާފައިވާއިރު ޝަރުތު ހަމަވަނީ 488 މީހުންގެ ކަމަށާއި ޝަރުތު ހަމަނުވާކަމަށް ކަނޑައެޅި 77 މީހުންގެ ތެރެއިން 15 މީހަކު އަލުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި އަމިއްލަގޮތުން ވާދަކުރަން ފޯމު ހުށަހެޅި 135 މީހުންގެ ތެރެއިން 86 މީހެއްގެ ޝަރުތު ފުރިހަމަވާކަމަށް ވަނީ ކަނޑައަޅާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މި މަހުގެ 17 ވަނަ ދުވަހުއެވެ.
ކޮންމެ ކެނޑިޑޭޓަކުވެސް ފޯމް ހުށަހަޅާއިރު ސަމާލުކަން ދޭން ޖެހޭ މުހިންމު ބައެއް ކަންކަން އިލެކްޝަން ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އޭގެތެރެއިން އެއް ކަމަކީ ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ވަގުތެވެ. އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅޫވާލުމުގެ ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ރަސްމީ ގަޑިތަކުގައެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 15:30 އަށް ފޯމް ބަލައިގަންނާނެއެވެ. އަދި ހުކުރު ދުވަހު 15:30 އިން 18:00 އަށް ފޯމް ބަލައިގަންނަމުންދާނެ ކަމަށް ކޮމިޝަނުން ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


