ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ރޯދަ މަހާ ދިމާކޮށް, އިނާމަކަށް 100,000 ރުފިޔާ ދޭ ޚާއްސަ ޕްރޮމޯޝަން، "ރަން ފުރުސަތު 2026" ފަށައިފިއެވެ.
ބޭންކުން މައުލޫމާތު ދިން ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އިއްޔެއިން ފެށިގެން 16 މާޗުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން އެ މުއްދަތުގައި ވިޔަފާރި ކޮށްގެން ކޮންމެ ހަފުތާއަކު އިނާމު ހޯދުމުގެ ފުރުސަތު އަދި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ. އެގޮތުން މި ޕްރޮމޯޝަނުގައި ބައިވެރި ކުރާނީ ބީއެމްއެލް ކާޑު މެޝިން، ސްޓެޓިކް ކިއުއާރް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތައް އެކަނި ކަމަށް ބޭންކުން ބުންޏެވެ.
މި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކުވެސް 5 ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވާ ފިހާރަތަކުން ކޮންމެ ހަފްތާއަކުވެސް ޖުމްލަ 500 ރުފިޔާގެ ވިޔަފާރި ކުރާ ފަރާތްތައް މި ގުރުއަތުގައި ބައިވެރިކުރެވޭނެ އެވެ.
މީގެ އިތުރުން، ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވާ ނަސީބުވެރިއަކަށް ބޮޑު އިނާމުގެ ގޮތުގައި 100،000ރ.ގެ ގިފްޓް ކާޑެއް ލިބޭނެ އެވެ. މި ގުރުއަތުގައި ބައިވެރިވެވޭނީ ޕްރޮމޯޝަނުގެ މުއްދަތުގައި ޖުމްލަ 10،000ރ.ގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

