ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ. މި ޚިދުމަތް ފަށާފައިވަނީ 15 މެއި 2024 ގައެވެ. ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ކުރަމުން އަންނަ، އަދި މި މަސައްކަތުން އެޤައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުން އަންނަ މަސައްކަތެކެވެ.
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތައް މިހާރު 17 އަށްވުރެ ގިނަ އެއަރލައިން ވަނީ ގުޅިފައެވެ. ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ އެމްއޭސީއެލްއާއި، އެމްޕީއެލް ގުޅިގެންނެވެ.
އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި ޑިސެމްބަރ މަހު 10 އެއަރލައިންއެއް މެދުވެރިކޮށް ދުނިޔޭގެ 20 ޤައުމަކަށް ވަނީ ރާއްޖެއިން މުދާ ފޮނުވާފައެވެ. އެއީ މުޅި ޖުމްލަ 329 ޓަނުގެ ކާގޯއެވެ. މިއީ ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ، 66 ޓީއީޔޫސްއެވެ.
ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ޑިސެމްބަރ މަހު މުދާ ފޮނުވާފައިވާ އެއަރލައިންތައް:
* ވާޖިން އެޓްލާންޓިކް
* އިއްދިހާދު އެއަރވޭސް
* ލުފްތަންސާ
* ގަތަރު އެއަރވޭސް
* ޓާކިޝް އެއަރލައިން
* އަޒަރުބައިޖާން އެއަރލައިން
* ސައުދިއާ
* ސްވިސް އެއަރލައިން
* އައިޓީއޭ އެއަރވޭސް
* އެމިރޭޓްސް
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


