ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި މުއްދަތުގައި އުސޫލާ ހިލާފައް މާލޭގެ އެއްވެސް ބިމެއް ދޫކޮށްފައިނުވާކަމަށް މާލެސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
ޑެޕިއުޓީ މޭޔަރ އަރީޝް މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ފަރާއްތަކުން ރައީސް މުއިއްޒުގެ މެޔަރު ކަމުގައި އުސޫލާ ހިލާފައް ބިންތަކެއްް ދޫކޮށްފައިވާކަމުގެ އަޑުތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މާލެގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝް ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވި 2 އަހަރާއި 6 މަހެއްހައި ދުވަހުގެ ތެރޭގައި، މާލެ ސިޓީގެ އެއްވެސް ބިމެއް ބަޔަކަށް ވިއްކަވާފައި ނުވާކަމަށެވެ. އަދި ޤަވާއިދާ ޚިލާފަށް އެއްވެސް ބިމެއް ކުއްޔަށްވެސް ދީފައިނުވާކަމަށެވެ.
އެމަނިކުފާނުގެ މޭޔަރުކަމުގެ މުއްދަތަކީ މާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތައް ރަނގަޅުކޮށް، ސިޓީ ފެހިކޮށް، ސާފުތާހިރުކޮށް، ދީނީ އިޖްތިމާޢީ ރޫޙު ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އާލާކޮށް، ރައްޔިތުންނާ ސީދާ ބައްދަލުކުރެއްވުން ގިނަ ކުރައްވައި، ކޮންމެ ހަފުތާއަކު ގޭގެއަށް ޒިޔާރަތް ކުރައްވާ ހާލު ބައްލަވާ، ސީދާ ރައްޔިތުން އެދޭގޮތަށް މާލެ ސިޓީގެ ކަންކަން މިސްރާބު ކުރެއްވި ދުވަސްތަކެއްކަމަށް އަރީޝް ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


