އައްޑޫ ސިޓީ ފޭދޫއިން ގެއްލިގެން ހޯދަމުންދިޔަ ޙައްވާ ރާއިދާ ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ބުނީ އޭނާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އާންމުންގެ ބަޔަކަށްކަމަށެވެ.
Advertisement
ސ.ފޭދޫ ހަމްދަރުދީ ޢުމުރުން 19 އަހަރުގެ ޙައްވާ ރާއިދާ މުނީރު ދިޔަތަނެއް ނޭނގި ގެއްލިގެން ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 14:52ގައި ކަމަށް ފުލުހުން ބުނެއެވެ.
އޭނާ މިހާރު ފެނިފައިވާއިރު މިމައްސަލައާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


