ފިލްމީ ދާއިރާގައި ކާމިޔާބު އެތައް މަސައްަކަތެއްކޮށްފައިވާ ޑައިރެކްޓަރު އަބްދުالله ފައްތާހު ނިޔާވެއްޖެ އެވެ.
އުމުރުން 54 އަހަރުގައި ފައްތާހު ނިޔާވީ ސްޓްރޯކެއް ޖެހިގެން އިތުރު ފަރުވާދެމުން ހއ.ދިއްދޫގައި ފަރުވާދެމުން އަންނަނިކޮށް މިއަދުއެވެ.
Advertisement
ފައްތާހު ނިޔާވިއިރު އޭނާ ވަނީ ވެރިކަންކުރާ މައި ޕާޓީ ޕީއެންސީ ޕްރައިމަރީގައި ކެލާ ކައުންސިލް ރައީސް ކަމަށް ވެސް ވާދަކުރައްވައިފައެވެ.
ފައްތާހު، ފިލްމީ ދާއިރާއިން ދުރަށް ދިޔައީ 2017 ވަނަ އަހަރު ތެރޭގައެވެ. އޭރު އޭނާ ވަނީ ދިވެހި ފިލްމް އިންޑަސްޓްރީގައި މަޝްހޫރު އެތައް ފިލްމެއް ޑައިރެކްޓުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


