ވީއައިއޭ އިން އިއްޔެ 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދިން ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެެވެ.
އެމްއޭސީއެލްއިން ވިދާޅުވީ އިއްޔެެ 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭއިރު މިއީ މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް އެއް ދުވަހެއްގައި ހިދުމަތް ދޭނެ ދެވަނަ ދުވަސްކަމަށެވެ.
އެމްއޭސީއެލްއިން ވިދާޅުވީ އިއްޔެ ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން 22142 ފަސިންޖަރުންނަށް ހިދުމަތް ދޭނެކަމަށެވެ. އެއީރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އަންނަ 11,107 ފަސިންޖަރުންނެވެ. މީގެއިތުރުން ޑޮމެސްޓިކް ޓާމިނަލުން އިއްޔެ ޖުމުލަ 4,843 ފަސިންޖަރުންނަށް ހިދުމަތް ދިންކަމަށެވެ. އެއީ މާލެއިން ފުރާ 2,652 ފަސިންޖަރުންނާއި މާލެ އަންނަ 2,191 ފަސިންޖަރުންނެވެ.
މީގެ އިތުރުން އިއްޔެ 239 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރިކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


