ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލްތަކުގައި މަސައްކަތްކުރާ މީހުންނަށް އިއްޔެ އެމްއޭސީއެލްއިން ފޮނުވި މެސެޖްގައި އެދުނީ މިއަދަކީ އެއާޕޯޓަށް ވަރަށް ބާރު ބޮޑުވާނެ ދުވަހެއް ކަމަށާއި އެހެންވެ ތޮއްޖެހުން ކުޑަކުރަން އެންމެން ވެސް ރަނގަޅަށް ހަރަކާތްތެރިވުމަށެވެ.
އެމްއޭސީއެލް އިން މިއަދު ބުނި ގޮތުގައި މިއަދު 22،000 އެއްހައި ފަސިންޖަރުންނަށް ހިދުމަތް ދޭނެއެވެ. އޭގެ ތެރޭގައި އުމްރާގެ އަޅުކަމަށް ފުރާ ދިވެހީންނާއި، ރާއްޖެ އަންނަ، އަދި ފުރާ ފަތުރުވެރިން ވެސް ހިމެނެއެވެ. މިއަދު މެންދުރުފަހު 14:00 އާ ހަމައަށް އެއާޕޯޓަށް ވަރަށް ބާރުބޮޑުވާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ޕީކް ސީޒަންގައި އެންމެ ބާރު ބޮޑުވީ ޑިސެމްބަރު 30 ގަ އެވެ. އެ ދުވަހު ވަނީ 10،300 އެއްހާ މީހުންނަށް ހިދުމަތް ދީފަ އެވެ. އެހެންވެ މިއަދަކީ، ޕީކް ސީޒަންގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ޓޫރިސްޓުން އަންނާނެ ދުވަހެވެ.
Advertisement
މިއީ ޖުލައި 26 ގައި އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވިފަހުން އެއާޕޯޓަށް އެންމެ ބާރުބޮޑު ދުވަހެވެ. މި އަހަރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،100 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކުރެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


