ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި މާލެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލޭ އިއްޒުއްދީން މަގާއި ގަނދަކޯޅި މަގު ގުޅޭ ކަންމަތީގައި ޑިސެންބަރު 23 ވަނަ ދުވަހުގެ 16:15 ހާއިރު ގްރޫޕް ހަދައިގެން ތިބި ބައެއްގެ ޢަމަލުތައް ފުލުހުން ފެނުމުން ހުރި ގޮތުން، ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން ބަލައިފާސްކުރަން އުޅުމުން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، އިންޒާރު ދީ، ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޏ. ފުވައްމުލައް / މިސްކިތްމަގު، ކެމީ، އަޙްމަދު ރަޒީން ޢަލީ (22 އ) އާއި، ޏ.ފުވައްމުލައް / ފުނާޑު، ނަމަން، ނާފިޢު އިބްރާހީމް (30 އ) އަދި ގދ. ގައްދޫ، އިރާކުވިލާ، މުޙައްމަދު ލުވޭޒު (19 އ) ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ރަޒީން ފަސް ދުވަހަށް، ނާފިޢު އިބްރާހީމް ދެ ދުވަހަށް އަދި މުޙައްމަދު ލުވޭޒު 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި އެންމެންނަކީވެސް ކުށުގެ ރިކޯޑު އޮންނަ މީހުން ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




