އިނގިރޭސިވިލާތުގެ ރަސްގެފާނު ޗަރލްސް ތިންވަނައިގެ ދަޢުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.
ރައީސް މުއިއްޒު މާލެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާއި ދައުލަތުގެ އިސްވެރިންނެވެ.
އެމަނިކުފާނު މި ދަތުރުފުޅުގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ، މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ. މިއީ، މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިއަށްގެންދާ ހައި-ލެވެލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ކިންގް ޗަރލްސްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ހައި-ލެވެލް ބައްދަލުވުމުގައި ބައިވެެރިވެ ވަޑައިގެންފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




