ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ދިއްދޫ އިސްލާމީ މަރުކަޒު މާދަމާ ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމަށްފަހު އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މާދަމާ ހަވީރު ދިއްދޫ އިސްލާމީ މަރުކަޒުގައި ޤާއިމްކުރެވިފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވުމަށް ހަމަޖެހިފައިވާއިރު، މާދަމާ ރޭ އިސްލާމީ މަރުކަޒުގައި ޤާއިމްކުރެވިފައިވާ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




