ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓް ކަމަށްވާ އެ އެއާލައިންގެ އެއާބަސް އޭ330-200 އިން ތިން ޤައުމަކަށް 140 އަށް ވުރެ ގިނަ ދަތުރު ކޮށްފައިވާ ކަމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ހާމަކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަނުން މިއަދު ހާމަކުރި ގޮތުގައި 6 ޖަނަވަރީ 2025 އިން ފެށިގެން މިހާތަނަށް މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓުން ވަނީ ޗައިނާއަށް 117 ދަތުރު، ސަޢޫދީ ޢަރަބިއްޔާއަށް 14 އަދި އިންޑިއާއަށް ނުވަ ދަތުރު ކޮށްފައެވެ.
މީގެ އިތުރުން މި މަތިންދާބޯޓުން ވަނީ މިހާތަނަށް 46،000 ފަސިންޖަރުންނަށް ޚިދުމަތް ދީފައެވެ. އަދި 1،159،000 ކިލޯގްރާމަށް ވުރެ ގިނަ ކާގޯވެސް މި އެއާކްރާފްޓުގައި ވަނީ އުފުލައިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




