އައްޑޫ ސިޓީ ހިތަދޫގައި ދުއްވަމުން ދިޔަ ކާރެއްގައި ރޯވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ އައްޑޫ ސިޓީ ހިތަދޫގައި ދުއްވަމުން ދިޔަ ކާރެއްގައި ރޯވި އަލިފާން، އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފާކަަމަށެވެ.
މި ހާދިސާގެ ރިޕޯޓް ރޭ 22:45 ހާއިރު އެމްއެންޑީއެފްގެ، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 23:11 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފަނުވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް



