މާލޭ ތައިބާ މިސްކިތަށް ގެއްލުންދީގެން މިއަދު ހައްޔަރުކުރި މީހާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާލޭ ތައިބާ މިސްކިތަށް ގެއްލުންދީފައިވަނީ މިއަދު ހެނދުނު 7 ޖަހާކަށް ހާއިރު އެ މިސްކިތުގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައިގެންނެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކުރި، 24 އަހަރުގެ މުހައްމަދު މުތީއު ހަސަން، ގއ. ގެމަނަފުށި މިހާރު ވަނީ އޭނާގެ އާއިލާއާ ހަވާލުކޮށްފަ އެވެ.
އައްޑޫ އަތޮޅު ހިތަދޫގައި ހުންނަ މަސްޖިދުލް އުމަރު ފާރޫގަށް ވެސް އިއްޔެ ވަނީ ގެއްލުންދީފަ އެވެ. މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެކަމަކު އެމީހަކު ހޯދައި ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




