ހުޅުމާލޭ ފޭސް 3 ގެ ބިން ހިއްކަމުންދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އަންގައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިޢުލާނެއްގައި ވަނީ ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރާ ޑްރެޖަރ، އަދި ޑްރެޖަރަށް އެހީތެރިވާ ޓަގް ބޯޓު ހަރަކާތްތެރިވުމަށާއި، ވަލި ޕަމްޕް ކުރުމަށް ކުރާ ފްލޯޓިންގ ލައިން އަދި އޭގެ އެންކަރޭޖް ބޮއި އަޅާފައި އޮންނާނެ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓެއް ޝާއިޢުކޮށްފައެވެ.

އެޗްޑީސީން ބުނީ މި މަސައްކަތަކީ 24 ގަޑިއިރު ކުރިއަސްދާ މަސައްކަތަކަށް ވާތީ، މި ސަރަހައްދުގައި މި އުލަނދުތައް ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
އެހެންކަމުން މި ސަރަހައްދުން ދަތުރުކުރާ އެންމެހައި އުޅަނދުތައް މިކަމަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އަންގައިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




