ސަރުކާރުގެ އެހީގެ ދަށުން ބ. ހިތާދޫގައި އައިކަންސް އެސޯސިއޭޝަނުން ހެދި ނޭޗަރ ޕާކް ހުޅުވައިފިއެވެ.
މި ޕްރޮޖެކްޓަކީ އިޖުތިމާއީގޮތުން މަދަނީ ޖަމުއިއްޔާތަށް ބާރުވެރިކޮށް ގާބިލުކަން އިތުރުކުރުމުގެ މަގްސަދުގައި ޔޫތު މިނިސްޓްރީން ދޭ ގްރާންޓުގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.
މި ޕާކު ހުޅުވައިދެއްވީ މި މިނިސްޓްރީގެ ރަޖިސްޓަރަރ އަލީ ޝަކީލްއެވެ.
މި ޕްރޮޖެކްޓު ހިންގުމަށް ގްރާންޓް ދީފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހުއެވެ. އަދި މި ޕްރޮޖެކްޓް ނިންމާފައިވަނީ މިމަހު 26 ވަނަ ދުވަހުއެވެ.
މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި، ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާ އިއުލާނުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށެވެ.
މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާ ކުރުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




