ހުޅުމާލެ ސްކޫލުތައް ކައިރީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ރަމަތަ ޕްރޮގްރާމް” ގެ ޕައިލެޓް ހަރަކާތް ހުޅުމާލޭ ޣާޒީ ސްކޫލު ސަރަހައްދުގައި ކުރިއަށް ގެންގޮސްފިއެވެ.
ރަމަތަ ޕްރޮގާރަމަކީ ހުޅުމާލޭގެ މަގުތައް އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށާއި ރައްޔިތުން ހޭލުންތެރިކުރުވައި، ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ހުޅުމާލޭގެ ސްކޫލުތައް ހިމެނޭ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ސްކޫލުތަކުގެ ޓްރެފިކް މޮނީޓަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
އިއްޔެ ފެށި މި ޕްރޮގްރާމުގައި، އެ ސްކޫލުގައި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ދަރިވަރުން ސްކޫލު ސަރަހައްދުގައި އާންމު ރައްޔިތުންނަށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން އުޅަނދު ދުއްވުމަށް އިރުޝާދުދީފައިވެއެވެ. ހަމަ އެހެންމެ، އުޅަނދު ޕާކުކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި މަގު ހުރަސްކުރާ ވަގުތުތަކުގައި މަގުގެ ދެފަރާތް ރަނގަޅަށް ބެލުމަށާއި މަގުމަތީގައި އުޅޭއިރު ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ދެމުންގެންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




